ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމްސިންހައާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން އޮތީ ލަންކާގެ ވެރިރަށް ކޮލޮމްބޯގަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި ސިޔާސީ މަސްރަހާއި ގުޅޭގޮތުންނާއި ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް ގުޅުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
Was a pleasure to meet with former President of Sri Lanka Ranil Wickremesinghe @RW_SRILANKA this afternoon in Colombo. We had a very lively and enjoyable conversation on a host of issues including politics, the very excellent relations between Maldives and Sri Lanka, and the need… pic.twitter.com/xPgSjvvtW2
— Ibrahim Mohamed Solih (@ibusolih) January 15, 2025
ސޯލިހު ރަނިލްއާ ބައްދަލުކުރައްވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ސޯލިހުގެ ފަހު ރަސްމީ ބައްދަލުވުން 2023 ވަނަ އަހަރުގެ ނޮވެމްބަރު 16 ގައި ބޭއްވެވީ ވެސް ރަނިލްއާއެކު އެވެ.
ރަނިލް އެ ފަހަރު ރާއްޖެ ވަޑައިގެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުންނެވެ.
ސޯލިހުގެ ވެރިކަމުގައި ހުންނެވިއިރު ރަސްމީ ދަތުރުފުޅެއްގައި ވެސް ރަނިލް ރާއްޖެ ވަޑައިގެންނެވި އެވެ.