Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ޕާޓީތަކަށް މެންބަރުން ވެއްދުމުގެ ނިޒާމް ޑިޖިޓަލް ކުރަނީ

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން

ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމުގެ ނިޒާމް ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އީސީން މިއަދު ބުނީ ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމުގެ ނިޒާމު ހަރުދަނާކޮށް، ޑިޖިޓަލް ނިޒާމަކަށް ބަދަލު ކުރުމަށް، މިހާރު ބޭނުން ކުރަމުން އަންނަ "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅުން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ.

ނަމަވެސް "މައި ޕޯޓަލް" މެދުވެރިކޮށް ޕާޓީން ވަކިވުމުގެ ހިދުމަތް މެދުނުކެނޑި ކުރިއަށް ދާނެ ކަމަށް އީސީން ބުނެ އެވެ.

ޕާޓީތަކަށް މެންބަރުން ވެއްދުމުގެ ނިޒާމް ޑިޖިޓަލް ކުރަން އީސީން ނިންމިއިރު، ސަރުކާރު ހިންގާ ޕީއެންސީ އަށް ވަގަށް މީހުން ވައްދާފައިވާ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.