މީގެ ކުރިން ވެސް "ކެޗީ" ލަވަތަކާ އެކު މަގުބޫލު އަލްބަމްތަކެއް ގެނެސްދިން ސިމްބޮލިކް ރެކޯޑްސް އިން އަނެއްކާ އާ އަލްމެއް ނެރެފި އެވެ.
މި ފަހަރުގެ އަލްބަމަކީ "އެލް2" އެވެ. މި އަލްބަމްގެ މައިގަނޑު ފަންނާނަކީ ޕެސްޓެވެ.
"އެލް2" ގައި ޖުމްލަ 10 ލަވަ ހިމެނެ އެވެ. މީގެ ޓްރެކް ލިސްޓްގައި ހިމެނެނި "ކަރުދާސްތައް މަތީގާ"، "ގޭންގް މިއީ"، "ލޯތްބޭ"، ޖީ-ލައިފް"، "އޭ މަލާ"، "ގެންދޭ ދުރަށް"، "ހިތުގެ ސިއްކަ"، "ކީއްވެ"، "ވިސްނާލެވޭ" އަދި "މިނިވަން ރޫހު" އެވެ.
ސިމްބޮލިކުން ބުނީ އާ އަލްބަމް މިހާރު ސައުންޑްކްލައުޑާއި ޔޫޓިއުބުން ސްޓްރީމްކުރެވޭނެ ކަމަށެވެ.