Last Updated: July 16, 09:47
Thursday, July 16, 2026
މުނިފޫހިފިލުވުން

ގެއަށް ވަން ވަގަކު ސައިފަށް ހަމަލާދީ ޒަހަމްކޮށްލައިފި

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ސައިފް އަލީ ޚާން މުމްބާއީގައި ދިރިއުޅޭ ގެއަށް ވައްކަން ކުރަން ވަން މީހަކު އޭނަ އަށް ހަ ހަލާދީ ޒަހަމްކޮށްލުމާ ގުޅިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭމް ފަށައފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ މުމްބާއީގެ ބަންޑްރާގައި ސައިފާ އާއި އަންހެނުން ކަރީނާ ކަޕޫރާއި އެ މީހުން ދިރިއުޅެމުން އަންނަ ގޭގެ 11 ވަނަ ބުރިއަށް ވަން ވަގު ވަދެ ތޫނު އެއްޗަކުން ސައިފަށް ހަމަލާ ދިނުމުގެ ސަނަބުން ހަށިގަނޑު ހަ ތަނެއް ޒަހަމްވެފައިވެ އެވެ. މިކަމާ 54 އަހަރުގެ އެކްޓަރު ސާޖަރީއެއް ވެސް ހަދަން ޖެހިފަ އެވެ. ސައިފަށް ފަރުވާ ދެމުން އަންނަނީ ލީލާވަތީ ހޮސްޕިޓަލްގަ އެވެ

މި ހާދިސާގައި އާއިލާގެ އިތުރު އެއްވެސް ބަޔަކަށް އަނިޔާއެއް ނުވެ އެވެ.

އޭނަ ހޮސްޕިޓަލަށް ގެންދިޔައީ މެންދަމު 3:00 އެހާކަށްހާ އިރު،އެވެ. ގެއަށް ވަގު ވަނީ މެންދަނު 2:00-2:30 ދޭތެރޭ ވަގުރެއްގަ އެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގެއަށް ވަގަކު ވަންކަން އެނގުމާ ގުޅިގެން ސައއިފް އޭނައާ ކުރިމަތިލުމުން ހަމަލާ ދިނުމަށް ފަހު ވަނީ ފިލައިފަ އެވެ.

ފުލުހުން ބުނީ ވައްކަން ކުރި މީހާ އަކީ އަދި ކާކުކަން ނޭނގޭ ކަމަށާއި މިކަން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސީސީޓީވީ ފުޓޭޖް އެހީގައި ގެއަށް ވަން މީހާ ހޯދުމުުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބަންޑްރާގެ ފުލުހުން ބުންޏެވެ.

މީގެ ދުވަސްކޮޅެއް ކުރިން ބޮލީވުޑްގެ ކުރީގެ ބަތަލާ ޕޫނަލް ދިލަންގެ ގެއިން ވައްކަންކުރި މައްސަލައެއް ވެސް ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެ މައްސަލައިގައި 37 އަހަރުގެ މީހަކު ހައްޔަރުކުރި އެވެ.