Last Updated: May 6, 17:43
Tuesday, May 6, 2025
ޚަބަރު

އޭސީސީގެ އެސްޖީގެ މަގާމަށް އަލުން ހުޅުވާލައިފި

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ (އޭސީސީ) ސެކްރެޓަރީ ޖެނެރަލް މަގާމަށް މީހަކު ހޯދަން އަލުން އިއުލާންކޮށްފި އެވެ.

އެ ކޮމިޝަނުން ބުނީ އެ މަގާމަށް އަލުން ހުޅުވައިލީ މިދިޔަ މަހުގެ ތެރޭގައި ހުޅުވައިލި ފުރުސަތުގައި އެކަށީގެންވާ އަދަދަކަށް އެޕްލިކޭޝަން ލިބިފައި ނުވާތީ ކަމަށެވެ. އަލުން ކުރި އިއުލާނެކެވެ.

އެހެންވެ އަލުން ފުރުސަތު ހުޅުވާލައި، ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 28 އާ ހަމައަށް އޮންނާނެ އެވެ.

އޭސީސީން ބުނީ ކުރިން އެޕްލައި ކުރި މީހަކު އަލުން އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ނަމަ، ފޯމު އެކަނި ހުށަހެޅުމުން ފުދޭނެ ކަމަށެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހޯދަނީ އުމުރުން 18-55 އަހަރާ ދެމެދުގެ މީހެކެވެ. އެސްޖީގެ މަގާމަކީ ފަސް އަހަރުގެ ދައުރަކަށް އައްޔަންކުރާ މަގާމެކެވެ. މި މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކޮމިޝަން އިދާރީގޮތުން ހިންގުމަށް ބޭނުންވާ ސިޔާސަތުތައް މެމްބަރުންގެ ލަފާގެ މަތިން އެކުލަވާލައި، ހިންގައި ބެލެހެއްޓުން ހިމެނެއެވެ.