ދާދި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓަށް ގެނައި ބަދަލުތަކަކާ ގުޅިގެން ހަތަރު މިނިސްޓަރަކަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
އެ މައްސަލަ ދިރާސާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފޮނުވައިފިއެވެ.
ކެބިނެޓް ރައީސް ބަދަލުތަކެއް އެންމެ ފަހުން ގެންނެވީ މިދިޔަ މަހުގެ 26 ގަ އެވެ.
އެގޮތުން ރުހުން ހޯދަން މަޖިލީހަށް ފޮނުވީ ފިނޭންސް މިނިސްޓަރު ކަމަށް އައްޔަންކުރި ކުރީގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ހަޔަ އެޑިއުކޭޝަން މިނިސްޓަރަކަށް އައްޔަންކުރި ކުރީގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އެގްރިކަލްޗަ މިނިސްޓަރު ކަމަށް އައްޔަންކުރި ކުރީގެ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިއާގެ އިތުރުން ކޮންސްޓްރަކްޝަން މިނިސްޓަރު ހައުސިންގ ޑރ. ޢަބްދުﷲ މުއްޠަލިބެވެ