Last Updated: May 10, 14:05
Saturday, May 10, 2025
ޚަބަރު

ބްރޯޑްކޮމަށް މުހައްމާ އާއި ސަރާހަތު

މޯލްޑިވްސް ބްރޮޑްކާސްޓިންގ ކޮމިޝަނުގެ މެމްބަރުކަމަށް އިހަވަންދޫ ދާއިރާގެ ކުރީގެ ،މަޖިލިސް މެމްބަރު މުހައްމަދު އަބްދުالله (މުހައްމާ) އާއި ބްރޮޑްކޮމްގެ ކުރީގެ މެމްބަރު އާމިނަތު ސަރާހަތު އިއްޒަތު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދިު ފާސްކޮށްފިއެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ބްރޯޑްކޮމަށް މެންބަރުން އައްޔަނު ކުރުމާ ގުޅޭ ގޮތުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓުގައިވާ ނަންތަކަށް ވޯޓަށް އަހައިފައެވެ. އެގޮތުން ނެގި ވޯޓުގައި ސަރާހަތު މަގާމަށް އައްޔަންކުރުމަށް ފެންނަކަމަށް 68 މެމްބަރަކު ދެއްވި އިރު ރާއްޖޭގެ މަޝްހޫރު ކޮމީޑިއަން އަދި ފިލްމު ޕްރޮޑިއުސަރު މުހަންމާ އައްޔަން ކުރުމަށް ފެންނަކަމަށް 58 މެމްބަރަކު ވޯޓު ދެއްވި އެވެ.

ބްރޯޑްކޮމްގެ ދެ މެންބަރެއްގެ ދައުރު މިދިޔަ މަހު ހަމަވެފައިވާއިރު އެ މަގާމަށް ކުރިަމތިލުމަށް ހުޅުވާލުމުން 12 ބޭފުޅަކު ކުރިމަތިލެއްވިއެވެ. ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ނަން ފޮނުއްވި އިރު ލިސްޓު އޮތީ އެމަނިކުފާނު އިސްކަން ދެއްވާ ތަރުތީބުންނެވެ.

އެގޮތުން އެ ލިސްޓުގައި އެންމެ ކުރީގައި އޮތީ މުހައްމާ އަދި އިބްރާހިމް މުއާޒު އަލީ (މުއާ) ގެ ނަމެވެ.

ނަމަވެސް ފަހުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު އާންމު ކުރި ރިޕޯޓުގައި 89 ޕަސެންޓާ އެކު އެ ލިސްޓުގެ ކުރީގައި އޮތީ ކޮމިޝަންގެ މެމްބަރުކަން ކުރިން ވެސް ކުރެއްވި އާމިނަތު ސަރާހަތެވެ. އަދި ލިސްޓުގެ ދެވަނައިގައި އޮތީ ތަޖުރިބާކާރު ނޫސްވެރިޔާ ޝިފްޒާ މުސްތަފާ އެވެ.

އިންޓަވިއުއަށް ފަހު މުހައްމާ ލިސްޓުގެ ތިންވަނަ ތިން ވަނަ ދިޔަ އިތު މުއާޒުގެ ނަން ކޮމިޓީގެ ލިސްޓުން އޮތީ ކަޓައިފަ އެވެ.

ބްރޯޑްކޮމް އަށް އައްޔަންކުރަން ގާބިލް ކަމަށް ކޮމިޓީން ބަލާފައި ވަނީ 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިވަޑައިގަތް ބޭފުޅުންނެވެ.

ބްރޯޑްގެ މެންބަރު ކަމަށް ހުޅުވައިލީ އެ ކޮމިޝަންގެ ރައީސަކަށް ހުންނެވި މަރިޔަމް ވަހީދާއި މެންބަރު އަލީ ޔޫސުފްގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.