Last Updated: May 10, 14:05
Saturday, May 10, 2025
ޚަބަރު

ހާރިޖީ ސިޔާސަތުތައް ބަދަލެއް ނުވޭ: ހަލީލު

ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތުތައް ބަދަލެއް ނުވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެގޮތަށް ވިދާޅުވީ ރަޝިއާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ދިވެހި ސަރުކާރުން ވަކި ކޮޅެއް ނަގާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކި ވަގުތު ރަސްމީ ދަތުރެއްގައި އެސްޓޯނިއާގައި ހުންނެވިސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އ.ދ. ގައި ރާއްޖެއިން ވޯޓު ދެމުންދާ ގޮތް ބަލާލުމުން ރާއްޖޭގެ ސިޔާސަތުތަކާއި ސްޑޭންޓް ބަދަލު ނުވާކަން ސާފުވާނެ ކަމަށެވެ.

"ކުދި ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލަށް ބުރޫއަރާ ފަދަ ހާލަތްތަކުގައި ރާއްޖެއިން އަބަދުވެސް ނަގަނީ ޕްރިންސިޕަލް ސްޓޭންޑެއް،" ހަލީލު ވިދާޅުވި އެވެ. "ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެގެން ވަނީ އެއްވެސް ޤައުމަކާ ހަތުރުވެރި ނުވެ ދިވެހި ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ގޮތަށް."

އޭނަ ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫ ނާރާ ގޮތަށް ހުރިހާ ޤައުމަކާ އެކީ ވެސް ގާތް ގުޅުން ބާއްވާނެ ކަމަށެވެ.