Last Updated: July 16, 09:47
Thursday, July 16, 2026
މުނިފޫހިފިލުވުން

ސައިފްގެ ސާޖަރީއެެއް، ހާލު ރަނގަޅު

އިންޑިއާގެ ފިލްމީ ތަރި ސައިފް އަލީ ޚާނަށް ތޫނު އެއްޗަކުން ދިން ހަމަލާއާ ގުޅިގެން މިހާރު ސާޖަރީއެއް ވެސް ހަދާފައިވާ ކަމަށާއި އޭނަ އަށް ސީރިއަސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ބުނެފި އެވެ.

ބަތަލާ ކަޕޫރްގެ ފިރިމީހާގެ ފަރާތުން ނެރުނު ސްޓޭޓްމަންޓެއްގައި ބުނީ ސައިފްގެ ހާލު ރަނގަޅު ކަމަށާއި އޭނަ މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލްގައި އޮތް އިރު، ޑޮކްޓަރުންގެ ޓީމުން ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އޭގައި ވަނީ ސައިފްގެ ފަރުވާގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ޑޮކްޓަރަށާއި ހޮސްޕިޓަލްގެ ޓީމަށް ޝުކުރު ބެސް އަދާކޮށްފަ އެވެ.

ބަޔާނުގައި ބުނީ ސައިފަށް ތޫނު އެއްޗަކުން ހަމަލާ ދިން ހާދިސާގައި އާއިލާގެ އިތުރު އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށާއި އެ މައްސަލަ މިހާރު ފުލުހުން ތަހުގީގު ވެސް ކުރަމުން އަންނަ ކަމަށެވެ.

ބަންޑްރާގައި ހުންނަ ފްލެޓް އިމާރާތެއްގެ 11 ވަނަ ބުރީގައި ހުންނަ ސައިފްގެ އެޕާޓްމަންޓަށް ވައްކަންކުރަން މެންދަމު 2:00 އެހާކަށްހާ އިރު ވަން މީހާއާ ކުރިމަތިލުމުގެ ތެރޭގައި ކާކުކަން ނޭނގޭ މީހާ ވަނީ ތޫނު އެއްޗަލުން، ސައިފް، 50، ހަށިގަނޑުގެ ހަ ތަނަކަށް ހަމަލާ ދީފަ އެވެ. އަދި ބައެއް ތަންތަން ވަރަށް ފުންކޮށް ޒަހަމްވި ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ. އޭނަ ހޮސްޕިޓަލަށް ގެންދިޔައީ ފަތިހު 4:00 ޖަހަން ގާތްވެފައި ވަނިކޮށެވެ.

ސައިފަށް ހަމަލާ ދިން މީހާ ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު އަންނަނީ ކުރަމުންނެވެ.