ރ. އިނގުރައިދި އާއި ލ. މާވަށަށް ފަޅު ރަށެއް ހަމަޖައްސައިފި އެވެ.
ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވި ގޮތުގައި ޕްރޮޕޯސަލް ހުށަހެޅި ކައުންސިލްތަކަށް ރަށްތައް ހަވާލުކުރުމަށް ރައީސް މުއިއްޒު ނިންމާފައިވާ ކަމަށެވެ. އެގޮތުން އިނގުރައިދޫ ކައުންސިލަށް ރ. ނެޔޮ އަދި މާވަށް ކައުންސިލަށް އެ އަތޮޅު ބޮޑުމާބުޅި ވަނީ ހަމަޖައްސައިފަ އެވެ.
މީގެ އިތުރުން ދ. އަތޮޅު ކައުންސިލް އެ އަތޮޅު މިނިމަސްގަލި އާއި ފެންފުށި ވަނީ ހަމަޖައްސައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ އަންނަ ހަފުތާގައި ރައީސް އޮފީހަށް ރިޕޯޓް ހުށަހަޅައި ފިނޭންސް މިނިސްޓްރީއާ ގުޅިގެން ރަށްތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
ކައުންސިލްތަކަށް ފަޅުރަށްތައް ދޫކުރަނީ ކައުންސިލްތަކުގެ ފުދުންތެރިކޮށް އާމްދަނީ އިތުރު ކުރުމަށްޓަކައި އިގުތިސާދީ ހަރަކާތްތައް ހިންގުމަށެވެ.