Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ފުލިދޫ އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

ވ. ފުލިދޫ މެޖިސްޓްރޭޠް ކޯޓުގެ އިސް މެޖިސްޓްރޭޓް ޝީރީން ނާހިދާ ލަތީފް ސަސްޕެންޑުކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ އޭނަ މިއަދު ސަސްޕެންޑްކުރީ ޝީރީނާ ގުޅޭ ގޮތުން ކޮމިޝަނުން ތަހުގީގުކުރި މައްސަލައެެއް އޭނަގެ މައްޗަށް ސާބިތުވުމާ ގުޅިގެން ކަމަށެވެ.

އެހެންވެ ޝީރީން ސަސްޕެންޑްކުރީ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް 15 ދުވަހަށެވެ.

ޖޭއެސްސީ އިން ބުނީ ޝީރީން ކޮށްފައިވާ އަމަލަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށެވެ. ނަމަވެސް މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ހާމައެއް ނުކުރެ އެވެ.