ބ. ކަމަދޫގައި މިއުޒިކް ފެސްޓިވަލެއް ބޭއްވުމަށް ނިންމައިފި އެވެ.
"ކަމަދޫ އައިލޭންޑް މިއުޒިކް ފެސްޓިވަލް" ގައި ބާއްވާ މި ފެސްޓިވަލް ކުރިއަށް ދާނީ އަންނަ މަހުގެ 12-14 އަށެވެ.
ފެސްޓިވަލުގައި ރާއްޖެ އާއި އަދި ބޭރުގެ އެކި ފަންނާނުންގެ ހުށަހެޅުންތައް ފެނިގެންދާނެ އެވެ. މީގެ އިތުރުން ތަފާތު އެކި ވޯކްޝޮޕްތަކާއި، ބީޗު ކުޅިވަރުތަކުގެ އިތުރުން ސަގާފީ އަދި ދިވެހި އާޓިސްޓުންގެ ހުނަރުތައް ވެސް ދައްކާލުމަށް ވެސް ފެސްޓިވަލްގެ ތެރޭގައި ހަމަޖެހިފަ އެވެ.
މި ފެސްޓިވަލަށް ވިއްކުމަށް ހަމަޖެހިފައިވާ ޓިކެޓާއި އެހެނިހެން މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް، މި ފެެސްޓިވަލް އިންތިޒާމުކުރާ ފަރާތްތަކުން ބުނެ އެވެ.