ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ލަންކާގެ ކުރީގެ ރައީސުން ކަމަށްވާ މަހިންދަ ރާޖަޕަކްސަ އާއި ގޯޓާބޭ ރާޖަޕަކްސާއާ ބައްދަލުކުރައްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް ހާއްސަ ގުޅުމުގެ މައްޗަށާއި މި ސަރަހައްދުގައި ދެ ގައުމަށް ހުރި ފުރުސަތުތަކާއި އަދި ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
Had a very warm and cordial afternoon meeting with President Mahinda Rajapaksa (@PresRajapaksa)and President Gotabaya Rajapaksa (@GotabayaR) in Colombo. Our discussions touched on the special relations between Maldives and Sri Lanka as well as challenges and opportunities we… pic.twitter.com/Jb4Do72s8W
— Ibrahim Mohamed Solih (@ibusolih) January 16, 2025
ލަންކާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސޯލިހު އިއްޔެ ވަނީ އެގައުމުގެ ކުރީގެ ރައީސް ރަނިލް ވިކްރަމްސިންހައާ ވެސް ބައްދަލުކުރައްވާފަ އެވެ.
ރަނިލްއާއެކު ސޯލިހު ބޭއްވި ބައްދަލުކުރެއްވުމުގައި ސިޔާސީ މަސްރަހާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ.
ސޯލިހު ލަންކާ އަށް ކުރައްވާ ދަތުރުފުޅާއި ގުޅޭ މައުލޫމާތެއް އެމްޑީޕީން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.