Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

އެސްޓޯނިއާ ދަތުރުފުޅުން ކުރިއެރުންތަކެއް ހޯދިއްޖެ

ރައީސް ޑރ. މުހައްމަދު މުއިއްޒު، އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެސްޓޯނިއާއާ ގުޅިގެން ހޯދުނު ކުރިއެރުންތަކުން ހިތްވަރު ލިބިފައިވާ ކަމަށާއި އެ ގައުމުގެ ރައީސް ޑރ. އަލާރް ކަރިސް ދެއްވި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އެ ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކުގައި އެސްޓޯނިއާއާ ގުޅިގެން މަސައްކަތްކުރުމުގެ އާ ބާބެއް ފެށިފައިވާ ކަމަށާއި ޑިޖިޓަލައިޒޭޝަނާއި ތިމާވެށި އަދި ޕޮލިޓިކަލް ކޮންސަލްޓޭޝަން ފަދަ އެއްބަސްވުންތަކެއްގައި ސޮއިކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެސްޓޯނިއާގެ އީޖާދީ ޑިޖިޓަލް ބަދަލަކީ ވަރުގަދަ އަދި ހާމަކަން ބޮޑު ވެރިކަމެއް ކުރުމަށް ބައިނައަލްގުވާމީ ރަނގަޅު ބެންޗްމާކެއް ކަމަށާއި އެކަންކަން ދަސްކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބުމުން އުފާކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު އެސްޓޯނިއާ އަށް ކުރެއްވި ދަތުރުފުޅަކީ އެގައުމުގެ ރައީސް ޑރ. އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާ އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ރާއްޖާގެ ފަންނިއްޔާތުގެ މާހިރުންގެ މައްޗަށް އެކުލެވިގެންވާ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވި އެވެ.