Last Updated: July 16, 09:47
Thursday, July 16, 2026
މުނިފޫހިފިލުވުން

'ލަވްޔާޕާ' އިން ލޯބީގެ ލަވައެއް

ބޮލީވުޑްގެ އާ ދެ ތަރިން ކަމަށްވާ ޖުނައިދު ޚާނާއި ހުޝީ ކަޕޫރް ލީޑް ރޯލު ކުޅެފައިވާ ރޮމޭންޓިކް ކޮމެޑީ "ލަވްޔާޕާ" އިން ލޯބީގެ ލަވައެއް އާންމުކޮށްފި އެވެ.

ތަނިޝްގް ބަގްޗީގެ މިއުޒިކަށް ހަދާފައިވާ މި ލަވަ ކިޔާފައި ވަނީ ޖުބީން ނޯޓިޔާލް އާއި ޒަހްރާ އެސް ޚާނެވެ. ހުޝީ އާއި ޖުލައިދުގެ ލޯބި ކެމިސްޓްރީ ވެސް ފެނިގެންދާ އަޑު އަހައިލަން ފަސޭހަ، މި ހިތްގައިމު ލަވައިގެ ނަމަކީ "ރެހާ ކޯލް" އެވެ.

މި ލަވަ އަކީ އަންނަ މަހުގެ 7 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ "ލަވްޔާޕާ" އިން ބެލުންތެރިންނަށް ދޫކޮށްލި ދެވަނަ ލަވަ އެވެ. ފުރަތަމަ ލަވަ އަކީ އަދުވައިތު ޗަންދަން ޑައިރެކްޓްކޮށް ގެެނެސްދޭ ފިލްމުގެ ޓައިޓްލް ލަވަ "ލަވްޔާޕާ" އެވެ.

މި ފިލްމަކީ ޖުނައިދުގެ ބައްޕަ އާމިރު ޚާނާއި ޒީ ސްޓޫޑިއޯސް ގުޅިގެން ހަދާފައިވާ ފިލްމެކެވެ. އަދި މި ފިލްމަކީ މިދިޔަ އަހަރުގެ "މަހާރާޖް" އިން ފިލްމީ ދަތުރު ފެށި ޖުނައިދުގެ ދެވަނަ ފިލްމެވެ.

"ލަވްޔާޕާ" ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު، ހުޝީގެ ވެސް ދެވަނަ ފިލްމެވެ. އޭނަގެ ފުރަތަމަ ފިލްމަކީ 2023 ގެ "ދި އާޗީސް" އެވެ.