މެންޗެސްޓާ ސިޓީގެ އިތުބާރު ފޯވާޑް އާލިން ހާލަންޑް، އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އިތުރު 9 އަހަރަށް އާކޮށްފި އެވެ.
ހާލަންޑް ،24، ސިޓީއާއެކު އަލަށް ހެދި ދިގު މުއްދަތުގެ ކޮންޓްރެކްޓް ހަމަވާނީ 2034 ގެ ނިޔަލަށެވެ.
ކޮންޓްރެކްޓް އާކުރުމަށްފަހު ހާލަންޑް ބުނީ ސިޓީގައި ދިގު މުއްދަތަކަށް ހުރުމަށް ކޮންޓްރެކްޓް އާކުރެވުމުން އުފާވާ ކަމަށާއި ސިޓީއަކީ ހާއްސަ ކްލަބެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ބޭނުންވަނީ މިހާރަށް ވުރެ ވެސް އިތުރު ކުރިއެރުންތަކެއް ހޯދައި، ސިޓީއާއެކު އިތުރު ކާމިޔާބީތައް ހޯދަން ކަމަށް ހާލަންޑް ބުންޏެވެ.
ނޯވޭއަށް އުފަން ހާލަންޑް ސިޓީއާ ގުޅުނީ 2022 ވަނަ އަހަރުގެ ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑުންނެވެ. އޭނާ ވަނީ ސިޓީއަށް މިހާތަނަށް ކުޅެދިން 126 މެޗުގައި 111 ގޯލު ކާމިޔާބުކޮށް، ގިނަ ރެކޯޑުތަކެއް މުގުރާލާފަ އެވެ.
ސިޓީއާއެކު މިހާތަނަށް އިނގިރޭސި ޕްރިމިއާ ލީގު ދެ ފަހަރު ހާލަންޑް ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި ޗެމްޕިއަންސް ލީގާއި، އިނގިރޭސި އެފްއޭ ކަޕާއި، އިނގިރޭސި ލީގު ކަޕްގެ އިތުރުން ޔޫއެފާ ސުޕަ ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕް ވެސް އޭނާ ވަނީ ސިޓީއާއެކު ހޯދައިފަ އެވެ.
މީގެއިތުރުން ހާލަންޑް ވަނީ ޔޫއެފާގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ހާސިލުކޮށްފަ އެވެ.