މަކާއު އަކީ ނިއު ވޯލްޑް ގުރާތަކުގެ ތެރޭގައި ހިމެނޭ ދޫންޏެކެވެ. ރީތި ކުލަތަކެއް ހުންނަ ފިޔަތައް އެކުލެވޭ މި ދޫންޏަކީ އެވިކަލްޗަގައި ވެސް ބޭނުންކުރާ އަދި އޮޅުކޮށްގެން ވެސް ގެންގުޅެވޭ ދޫންޏެކެވެ. ރާއްޖޭގައި މި ދޫނި މަޝްހޫރުވެފައި ވަނީ އޮޅުކޮށްގެން ގެންގުޅޭ ދޫންޏެއްގެ ގޮތުގައެވެ. އަދި މިއީ ދިވެހީންގެ މެދުގައި މަޤުބޫލު ދޫންޏެކެވެ.
މަކާއު ގެ ކެއިންބުއިމުގެ އާދަތައް:
މަކާއު އަކީ މޭވާ އާއި ތަރުކާރީ ކާ ހިތްވާ ދޫންޏެކެވެ. މީގެ އިތުރުން، އެކި ވައްތަރުގެ ބަދަނަކީ ވެސް މަކާއު ކާ ހިތްވާ އެއްޗެހީގެ ތެރޭގައި ހިމެނޭ ބައެކެވެ. ހަމައެހެންމެ، ދޫނި ކާނާގެ ތެރެއިން ހައި ކޮލިޓީ ކާނާއާއި ސަންފްލާވާ ސީޑް ކަހަލަ ކާނާ އަކީ އެއަށް އެންމެ މީރު ބާވަތްތަކެވެ.
ހެދިބޮޑުވާ ގޮތާއި އޭގެ ޢާންމު ދިރިއުޅުން:
މަކާއު ޢާންމު ދިރިއުޅުމުގައި ވަރަށް "ސޯޝަލީ އެކްޓިވް" ދޫންޏެކެވެ. އަދި 5 ފޫޓު ދިގު ކޮށްޓެއްގައި މެނުވީ މި ދޫންޏަށް ފަސޭހަކަމާ އެކީ ނޫޅެވޭނެ އެވެ. މީގެ އިތުރުން، އެކިއެކި ޕަޒުލްތަކާއި މި ނޫން ވެސް ކުޅިވަރުތައް ކުޅޭ ހިތްވާ ތޫނުފިލި ޖަނަވާރެކެވެ.
އެގޮތުން، އަމުރަށް ކިޔަމަންތެރިވުމާއި، މީހުން ދައްކާ ވާހަކަތައް ނަކަލު ކުރުމާއި، އާދައިގެ ތަންޑު ނެއްޓުމާއި އެކިއެކި "ޓްރިކްސް އެންޑް ސްކިލްސްތައް" ދައްކާ ދޫންޏެކެވެ.
އުމުރު:
މަކާއު އަކީ އާންމު މާހައުލުގައި 30-40 އަހަރު ވަންދެން އުޅޭ ޖަނަވާރެކެވެ. އަދި މީހެއްގެ ބެލުމުގެ ދަށުން ގެންގުޅޭ ކަމަށް ވާނަމަ، 50-80 އަހަރަށް ދިރިއުޅޭ ދޫންޏެކެވެ. ބައެއް ޙާލަތްތަކުގައި 100 އަހަރަށްވެސް މި ޖަނަވާރު އުޅޭކަމަށް ވަނީ ރެކޯޑު ކުރެވިފައެވެ.
އުފަންވާ ހިސާބުން ފެށިގެން 5 އަހަރު ތެރޭގައި ފުރިހަމައަށް ހެދިބޮޑުވާ، މި ދޫންޏަކީ އެކިއެކި ސިފަތައް ލިބިގެންވާ ދޫޏެއްކަން ޔަޤީނެވެ.
ޖުމްލަކޮށް ބުނާ ނަމަ، މަކާއުއަކީ ވަރަށް ވެސް ރީތި، މޮޅު ދޫންޏެކެވެ. ދިވެހީންނަށް ވެސް ނުހަނު ކަމުދާ، ޢާންމުންނާ އެކީ އުޅެން ބޭނުންވާ ސޯޝަލީ އެކްޓިވް ދޫންޏެކެވެ. މި ދޫނި ގެންގުޅޭ އިރު އެއަށް ފުރިހަމަ ލޯތްބާއި އަޅާލުން ދީގެން ގެންގުޅުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.
މައުލޫމާތު: ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީ