Last Updated: May 6, 17:43
Tuesday, May 6, 2025
ޚަބަރު

'ކުރަނގި' އޮޕަރޭޝަން މިއަދު މާލޭގައި

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު އެއްކުރަން ކުރިއަށް ގެންދާ "ކުރަނގި" އޮޕަރޭޝަންގެ މިއަދު މާލޭގައި ކުރިއަށް ފަށައިފި އެވެ.

ހޯމްލޭންޑް މިނިސްޓްރީން ބުނީ މާލޭައި ބޮޑުކޮށް މި ހަރަކާތް ކުރިއަށް ގެންދާނީ ހަވީރު 6:00 އާ ހަމައަށް ކަމަށެވެ. މި މަސައްކަތުގައި މިނިސްޓްރީގެ 75 އޮފިޝަލުންގެ ޓީމެއް ހަރަކާތްތެރިވެ އެވެ.

މިނިސްޓްރީން މާލޭގައި މިއަދު "ކުރަނގި" ކުރިއަށް ގެންދާ އިރު، ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީންގެ އިތުރުން ބޮޑެތި ބައެއް ކުންފުނިތަކުގެ ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު ވެސް އެއްކުރާނެ ކަމަށެވެ.

މާލޭގެ އިތުތުން އިތުރުން ތިލަފުއްޓާއި ގުޅީފަޅުގައި ވެސް އޮޕަރޭޝަން ކުރިއަށް ދާން އެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ބައޯ-މެޓްރިކް ޑޭޓާ އެއްކުރުމުގެ މަސައްކަތް ހޯމްލޭންޑް މިނިސްޓްރީން ފެށ މިދިޔަ އަހަރުގެ މެއި މަހުގެ 2 ގަ އެވެ. އެގޮތުން މިހާތަނަށް މި އޮޕަރޭޝަން 104 ފަށައި 50 ރަށެއްގައި މަސައްކަތް ނިންމާފައިވާ އިރު، މިހާތަނަށް 18،000 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވެ އެވެ.

"ކުރަނގި" އޮޕަރޭޝަންގެ ބޭނުމަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤަނޫނާއި ޤަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކުރާނެ އެވެ.