Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ބުރޫނާއީގެ ސްކޮލަޝިޕްތަކަކަށް ހުޅުވާލައިފި

ބުރޫނާއީން ލިބިފައި ސްކޮލަޝިޕްތަކަކަށް ކުރިމަތިލާން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

ސްކޮލަޝިޕްތައް ލިބިފައި ވަނީ އެ ގައުމުގެ ފަސް ޔުނިވަސިޓީއަކުން ކިޔެވުމަށެވެ.

ހަޔަ އެޑިއުކޭޝަނުން ބުނީ މިއީ ބުރޫނާއީގެ ސަރުކާރުގެން ކުރިއަށް ގެންދާ "ބުރޫނާއި ގަވަރަމެންޓް ސްކޮލަޝިޕް ޕްރޮގްރާމް" ގެ ދަށުން ދިވެހިންނަށް ހޯދައިދީފައިވާ ފުރުޞަތެއް ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ޑިޕްލޮމާ، ޑިގްރީ އަދި މާސްޓާ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތުތަކެވެ.

ސްކޮލަޝިޕް ލިބޭ ފަރާތްތައް ހަވާނީ ބުރޫނާއީންނެވެ. މި ސްކޮލަރޝިޕްތަކަށް ޓިއުޝަން ފީ، އެކޮމޮޑޭޝަން އަދި މެޑިކަލް އިންޝުރެންސް ކޯސް އިންތިޒާމު ކުރާ ފަރާތުން ހަމަޖައްސައި ދޭނެ އެވެ.

ސްކޮލަޝިފްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 15 ގެ ކުރިންނެވެ.