ސަރުކާރުގެ ސްކޫލްތަކުގައި އިތުރު ހަރަކާތްތައް އިންތިޒާމު ކުރާނެ ގޮތުގެ މަޝްވަރާ ބައްދަލުވުމެއް ފަށައިފިއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ބައްދަލުވުން މިއަދު ފައްޓަވައި ދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު އެވެ.
ބައްދަލުވުމުގައި މާލެ އާއި އަތޮޅުތަކުގެ ކޮންމެ ސްކޫލަކުން ބައިވެރިޔަކި ހިމެނޭ ގޮތަށް 92 ބައިވެރިން ހިމެނެ އެވެ. އަދި ކައުންސިލްތަކާއި، ކުޅިވަރުގެ އެކިއެކި ޖަމްޢިއްޔާތަކާއި، ސްކޫލްތަކުގެ ކުޅިވަރު ސްޕަވައިޒަރުންނާއި، ސްކައުޓާއި އަދި ކަބް ސްކައުޓުންވެސް ބައިވެރިވެ އެވެ.
މި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން ހުރިހާ ސްކޫލްތަކާއި ޖަމިއްޔާ ޖަމާޢަތްތަކުން މަޝްވަރާކުރެވި ސްކޫލްތަގައި އިތުރު ހަރަކާތްތައް ހިންގުމުގައި ސްކޫލްތަކުން އަމަލުކުރާނެ ވަކި ގޮތްތަކެއް ކަނޑައަޅާނެ އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސަތުތަކުގެ ތެރެއިން އިތުރު ހަރަކާތްތައް ހިންގޭނެ ގޮތްތައް ކަނޑައެޅިގެންދާނެއެވެ.
ބައްދަލުވުން ފެއްޓެމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝަފީއު ވަނީ މީގެ ކުރިން ސާކިއުލާތަކުން ވެސް އަންގާފައިވާ ގޮތަށް އިތުރު ހަރަކާތްތައް ހިންގާ އިރު ދަރިވަރުންގެ ކިޔެވުމަށް ބުރޫނާރާގެ ގޮތަދް ހަރަކާތްތައް ރާވަން އިލްތިމާސް ކުރައްވައިފަ އެވެ.