Last Updated: April 30, 05:48
Wednesday, April 30, 2025
ދުނިޔެ

ޓިކްޓޮކް އެމެރިކާގައި "މަރުވެއްޖެ"

ޓިކްޓޮކް އެމެރިކާގައި ބޭނުުން ނުކުރެވޭ ގޮތަށް ހަދައިފި އެވެ.

އެ އެޕް އެމެރިކާގައި ބޭނުން ނުކުރެވޭ ގޮތަށް މި ހެދީ ޓިކްޓޮކް މަނާކުރަން ހުއްޓުވަން އެ ކުންފުނިން ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް މައްސަލައާ މެދު ގޮތެއް ނިންމަން ހަމަޖެހިފައި ވަނިކޮށެވެ. ޓިކްޓޮކް އެމެރިކާގައި "ބަންދުކޮށް" ޗައިނާގެ ބައިޓްޑާންސުން ހިންގާ އެޕުން ބުނީ މިހާރު އެމެރިކާގައި އެ ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި ގޫގުލް ޕްލޭ އާއި އެޕް ސްޓޯރުން ވެސް މިހާރު އެމެރިކާގައި ޓިކްޓޮކް ޑައުންލޯންޑެއް ނުކުރެވޭނެ އެވެ.

ޓިކްޓޮކުން ބުނީ މި ދަނޑިވަޅުގައި އެމެރިކާގައި އެ ހުއްޓުމަކަށް އައި ނަމަވެސް މާދަމާ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ޑޮނަލްޑް ޓްރަަމްޕް މިކަމަށް ހައްލެއް ހޯދައި ދެއްވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެހެންވެ އަލުން އެމެރިކާގައި ޓިކްޓޮކް ބޭނުން ކުރެވޭނެކަމުގެ އުންމީދު އޮތް ކަމަށް ބުންޏެވެ.

އެފަދަ އިޝާރާތެއް މިދިޔަ ހަފުތާގައި ޓްރަމްޕް ދެއްވާފައިވެ އެވެ.

ޓިކްޓޮކް އެމެރިކާގައި މަނާކުރަން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ބިލް ރައީސް ޖޯ ބައިޑެން ތަސްދީގު ކުރެއްވީ މި މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. މި އެޕް އެމެރިކާގައި ހުއްޓުމަކަށް ގެނައި އިރު، އެ ބޭނުންކުރާ އެމެރިކާގެ މީހުންގެ 170 މިލިއަނަށް ވުރެ ގިނަ އެވެ.

އެމެރިކާ އިން ތުހުމަތު ކުރާ ގޮތުގައި ޓިކްޓޮކަކީ ޗައިނާގެ ސަރުކާރަށް ޖާސޫސްކޮށްދޭ އެޕެކެވެ. އަދި އެ އެޕް ބޭނުންކުރާ އެމެރިކާ މީހުންގެ ޒާތީ މައުލޫމާތު ޓިކްޓޮކުން ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމަށާއި، އެހެންވެ އެ އެޕަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް އޮތް ނުރައްކަލެއް ކަމމަށް އެމެރިކާ އިން ބުނެ އެވެ.

ނަމަވެސް މި ތުހުމަތުތައް ތަކުރާރުކިޮށ ޓިކްޓޮލުން ދޮގުކޔރެ އެވެ.

އެމެރިކާ އިން މަޖުބޫރު ކުރަނީ އެ އެޕް އެމެރިކާފައު ހިންގަން ބޭނުން ނަމަ އޭގެ އެމެރިކާގެ އޮޕަރޭޝަންސް އެ ގައުމުގެ ބަޔަކަށް ވިއްކާލައިގެން ނޫން ގޮތަކަށް ހުއްދަ ނުދިނުމަށެވެ.