Last Updated: May 6, 15:47
Tuesday, May 6, 2025
ޚަބަރު

މިދިޔަ 163 ދިވެހިން ބިދޭސީންނާ ކައިވެނިކުރި

މިދޔަ އަހަރުގެ ތެރޭގައި 163 ދިވެއްސަކު ބިދޭސީންނާ ކައިވެނިިކޮށްފައިވާ ކަމަށް ފެމިލީ ކޯޓްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިދިޔަ އަހަރު 163 ދިވެހިން ބިދޭސީންނާ ކައިވެނިކޮށްފައިވާ ކަމަށް ފެމިލީ ކޯޓުން އާންމުކުރި ތަފާސްހިސާބުން އެނގިއްޖެ އެވެ.

އެ ކޯޓުން ބުނީ އޭގެ ތެރޭގައި ހިމެނެނީ 45 އަންހެނަކު ބިދޭސީންނާ ކުރި ކައިވެނިތަކާއި ބިދޭސީ އަންހެނުންނާ ކައިވެނިކުރި 118 ދިވެހި ފިރިހެނުން ކަމަށެވެ.

މިދިޔަ އަހަރު ޖުމްލަ 2،485 ކައިވެނިކޮށް ދީފައިވެ އެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރުގައި ކުރި 181 ކައިވެންޏެއް ރަޖިސްޓްރީކޮށް ދިނުން ހިމެނެ އެވެ. އަދި މިދިޔަ އަހަރު 1،326 ވަރިކޮށްފައިވެ އެވެ.

މީގެ އިތުރުން އަނބިދަރިންގެ ހަރަދާއި ޢިއްދާގެ ހަރަދާއި ވިހެއުމުގެ ހަރަދު އަދި ކައިވެނީގެ ރަން ހިމެނޭ ގޮތަށް ހަރަދު ދެއްކުމަށް ކޯޓުން ކުރި ހުކުމްތަކުގައިވާ ފައިސާގެ އަދަދު 97 މިލިއަން ރުފިޔާ އަށް އަރަ އެވެ. ހުކުމްތަކުގައިވާ ފައިސާގެ ތެރެއިން ކޯޓަށް ލިބި ލިބިފައި ވަނީ 46 މިލިއަން ރުފިޔާ އެވެ.