Last Updated: July 15, 18:06
Thursday, July 16, 2026
މުނިފޫހިފިލުވުން

ސައިފަށް ހަމަލާ ދިނީ ބަންގްލަދޭޝް މީހެއް!

އިންޑިއާގެ ފިލްމީ ތަރި ސައިފް އަލީ ޚާންގެ އެޕާޓްމަންޓަށް ވައްކަން ކުރަން ވަދެ، އޭނަ އަށް ހަމަލާ ދިނީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހެއް ކަމަށާއި އޭނަ މިހާރު އަތުލައިގެންފައިވާ ކަމަށް މުމްބާއީގެ ފުލުހުން ބުނެފި އެވެ.

އެ މައްސަލައިގައި ހައްޔަރުކުރި މީހާގެ އަސްލު ނަމަކީ މުހައްމަދު ޝަރީފުލް އިސްލާމް ޝެހެޒާދު، 30، އެވެ. ފުލުހުން ބުނީ އޭނަ އިންޑިއާގައި އުޅެނީ ނަން، ބިޖޯއި ދާސް އަށް ބަދަލުކޮށްގެން ކަމަށެވެ.

މުމްބާއީގައި ސައިފް ދިރިއުޅޭ އެޕާޓްމަންޓްމަންޓެއް ވަދެ 54 އަހަރުގެ އެކްޓަރަށް ހަމަލާ ދިނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. އެ ހަމަލާގައި ސައިފްގެ ހަށިގަނޑުގެ ހަ ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވެ އެވެ. މިކަމާ ގުޅިގެން އޭނަ ވަނީ ސާޖަރީއެއް ވެސް ހަދައިފަ އެވެ.

ސަައިފަށް ފަރުވާ ދެމުން އަންނަނީ މުމްބާއީގެ ލީލީވަތީ ހޮސްޕިޓަލްގަ އެވެ.

މީޑިއާތަކުން ބުނީ ސައިފަށް ހަމަލާ ދިން މީހާ ފުލުހުން އަތުލައިގަތީ މިއަދުގެ ވަރަށް ހެނދުނުގެ ވަގުތެއް ކަަމަށާއި އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ވެސް ހާޒިރު ކުރާނެ އެވެ. އެ މީހާ އަކީ މުމްބާއީގެ ރެސްޓޯރަންޓެއްގައި ވެއިޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި މީހެއް ކަމަށް މީޑިއާތަކުން ބުންޏެވެ.