މިހާރު ބޮލީވުޑްގެ ފިލްމުތަކަށް ވެސް ލަވަ ކިޔައިދޭ އިންޑިއާގެ ޒުވާން ލަވަކިޔުންތެރިޔާ ދަރުޝަން ރަވަލް ކައިވެނިކޮށްފި އެވެ.
އުމުރުން 30 އަހަރުގެ ފަންނާނު އިއްޔެ ކައިވެނިކުރީ އޭނަ ރައްޓެހިވެގެން އުޅޭތާ ގިނަ ދުވަސްތަކެއްވެފައިވާ ދަރަލް ސުރެލިއާއާ އެވެ. ކައިވެނި ހަފުލާގެ ފޮޓޯތަކެއް ވެސް ވެސް ދަރުޝަން އިންސްޓްގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ.
މިހާތަނަށް ވަރަށް ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކުން ވެސް ފެނިފައިވާ ދަރުޝަން ލަވަ ކިޔާފައިވާ ފިލްމުތަކުގެ ތެރޭގައި "ޕްރޭމް ރަތަން ދަން ޕާޔޯ"، "ލަވް އާޖް ކަލް"، "ޝޭރުޝާ"، "ތަޅަޕް"، "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"، "ޗަންދޫ ޗެމްޕިއަން" އަދި "އިޝްގް ވިޝްގް ރީބައުންޑް" ހިމެނެ އެވެ.
ދަރްޝަން އަކީ އިންޑިއާގެ ގުޖްރާތު ސްޓޭޓަށް ނިސްބަތްވާ ފަންނާނެކެވެ.
މީގެ ހަފުތާއެއްހާ ދުވަސް ކުރިން ލަވަކިޔުންތެރިޔާ އަރްމާން މަލިކް ވެސް ކައިވެނިކޮށްފި އެވެ.