Last Updated: June 9, 13:18
Tuesday, June 9, 2026
ޚަބަރު

މާރާމާރީ ހިންގި ބިދޭސީއަކު ޑީޕޯޓްކޮށްފި

މިދިޔަ މަހުގެ ތެރޭގައި މާލޭގެ އާޓިފިޝަލް ބީޗުގައި މާރާމާރީ ހިންގުމުގައި އިސްކޮށް އުޅުނު ބިދޭސީ މީހާ ރާއްޖެއިން ޑީޕޯޓްކޮށްލައިފި އެވެ.

އިންޑިއާގެ ބައެއްގެ މެދުގައި އެ މާރާމާރީ ހިންގީ ޑިސެމްބަރު މަހުގެ 6 ގަ އެވެ.

އެ މާރާމާރީއާ ގުޅިގެން އެ މަހުގެ 16 ވަނަ ދުވަހު ހައްޔަރުކޮށް، މި މަހުގެ 5 ގައި ރާއްޖެ އިން ޑީޕޯޓްކޮށްލާފައި ވަނީ އަމްރިތު ސިންގް ކިޔާ 25 އަހަރުގެ މީހެކެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް އާޓީފިޝަލް ބީޗްގައި އިންޑިއާގެ ބަޔަކު މާރާމާރީއެއް ހިންގައި ދިވެއްސަކަށް ވެސް ހަމަލާ ދީފައިވެ އެވެ. އެ މާރާމާރީއާ ފުލުހުން އެރޭ ވަނީ އިންޑިއާގެ ތިން ފިރިހެނަކު ހައްޔަރުކޮށްފަ އެވެ.

މާރާމާރީ ހިންގި އެ މީހުން ވެސް ޑީޕޯޓްކުރާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.