Last Updated: June 9, 13:18
Tuesday, June 9, 2026
ޚަބަރު

ބަނގުރާ ގެންގުޅުނު ބިދޭސީއަކު ޑީޕޯޓްކުރަނީ

ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ބިދޭސީއަކު ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އިމިގްރޭޝަނާ ހަވާލުކޮށްފައި ވަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުޙައްމަދު އާރިފް މިއާ، 31، އެވެ.

ފުލުހުން ބުނީ އެ މީހާ އަކީ މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިންގި މި އޮޕަރޭޝަނުގައި އޭނައާ ގުޅުން ހުރި ކަމަށް ބެލެވޭ ތަނެއް ބަލައި ފާސްކުރި އިރު 92 ފުޅި ރަލާއި 1.05 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް، ވިޔަފާރިކޮށް އަދި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިޔަފާރިކުރާކަމަށް ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.