އިޕްސިވިޗް ޓައުން 6-0 އިން ބަލިކޮށް، އިނގިރޭސި ޕްރިމިއާ ލީގުގެ ހަތަރުވަނަ އަށް މެންޗެސްޓާ ސިޓީ އަރައިފި އެވެ.
މި މޮޅާއެކު ސިޓީ ހަތަރުވަނައިގައި އޮތީ 22 މެޗުން 38 ޕޮއިންޓު ހޯދައިގެންނެވެ. ތިންވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓް އަދި ދެވަނައިގައި އޮތް އާސެނަލަށް ލިބިފައިވަނީ 44 ޕޮއިންޓެވެ. އާސެނަލަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. އެއްވަނައިގައި 21 މެޗުން 40 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ.
އިޕްސިވިޗްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފް ސިޓީން ނިންމާލީ ތިން ގޯލުގެ ލީޑަކާއެކު އެވެ. މި ތިން ގޯލުގެ ތެރެއިން ދެ ގޯލު ސިޓީއަށް ކާމިޔާބުކޮށްދިނީ ފިލް ފޮޑެން ކަމަށްވާއިރު، އަނެއް ގޯލު ކާމިޔާބުކޮށްދިނީ މަޓެއޯ ކޮވަސިޗް އެވެ.
ދެވަނަ ހާފްގެ ކުރީކޮޅު ޖެރެމީ ޑޮކޫ ސިޓީގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިން އިރު، ސިޓީގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދިނީ އާލިން ހާލަންޑް އެވެ. އަދި ސިޓީގެ ފަހު ގޯލު ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ޖޭމްސް މެކަޓީ އެވެ.
މި މެޗުން ބަލިވުމުން އިޕްސިވިޗް އޮތީ 16 ޕޮއިންޓާ އެކު ލީގުގެ 18 ވަނައިގަ އެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް ވަނީ 3-1 އިން ބްރައިޓަން އަތުން ބަލިވެފަ އެވެ. އެވަޓަން އިން 3-2 އިން ޓޮޓެންހަމް ބަލިކުރިއިރު، ފޮރެސްޓުން އަމިއްލަ ދަނޑުގައި 3-2 އިން ސައުތެމްޓަން ބަލިކޮށްފަ އެވެ.