Last Updated: May 6, 17:43
Tuesday, May 6, 2025
ޚަބަރު

ހަތަރު މިނިސްޓަރުންނަށް ވެސް ރުހުން ދީފި

މަގާމުތައް ބަދަލު ކުރައްވައި އަލުން ރުހުން ހޯދަން ރައީސް ޑރ. މުހައްމަދު މަޖިލީހަށް ނަންތައް ފޮނުއްވި ހަތަރު މިނިސްޓަރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ދައުރުން ބޭރުން ބާއްވާ ދެވަނަ ޖަލްސާގައި ރުހުން ދިން ހަތަރު މިނިސްޓަރުންނަކީ ކުރިން ހަޔަ އެޑިއުކޭޝަން މިނިސްޓަރުކަމުން އެގްރިކަލްޗަ މިނިސްޓަރަކަށް ބަދަލު ކުރެއްވި ޑރ. މަރްޔަމް މާރިޔާ އާއި ކުރިން ހައުސިން މިނިސްޓަރުކަމުން ހަޔަ އެޑިއުކޭޝަން މިނިސްޓަރު ކަމަށް އައްޔަންކުރި ޑރ. އަލީ ހައިދަރާއި ކުރިން ފޮރިން މިނިސްޓަރުކަމުން ފިނޭންސް މިނިސްޓަރު ކަމަށް ބަދަލު ކުރެއްވި މޫސާ ޒަމީރުގެ އިތުރުން ކުރިން ކޮންސްޓްރަކްޝަން މިނިސްޓަރުކަމުން މިނިސްޓަރަކަށް އައްޔަންކުރެއްވި ޑރ. އަބްދުﷲ މުއްތަލިބެވެ.

ހަތަރު ވަޒީރުންނަށް ވެސް ރުހުން ދިނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

މިހާރުގެ މަޖިލީހަކީ ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހެކެވެ.