Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ހިތަދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް

އައްޑޫ ހިތަދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.

ފުލުހުން ބުނީ އެ އަވަށު ގުލްކަނދުގޭގައި އަލިފާން ރޯވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުުނު 9:30 ގައި ކަމަށެވެ.

ހާދިސާ ހިނގި ގޭގައި ފުލުހުންނާއި އެމްޑީއެންއެފް ސަދަން އޭރިއާގެ ހިތަދޫ ފަޔާ ފައިޓަރުން މިހާރު ހަރަކާތްތެރިވަމުން އަންނަ އިރު، ރޯވި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކޮށްފަ އެވެ.

ގުލްކަނދުގެއިން ވާހަކަ ދެއްކި މީހަކު ބުނީ އަލިފާން ރޯވީ ކަރަންޓް ޝޯޓެއްގެ ސަބަބުން ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެގޮތުން މި ހާދިސާގައި އެންމެ ބޮޑަށް ގެއްލުންވީ ގޭގެ ސިޓިން ރޫމަށެވެ.

ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.