Last Updated: July 15, 18:06
Thursday, July 16, 2026
މުނިފޫހިފިލުވުން

ޔާމީގެ "ދޫމް ދާމް" ނެޓްފްލިކްސް އަށް

ބޮލީވުޑްގެ ބަތަލާ ޔާމީ ގޯތަމްގެ އާ ފިލްމު "ދޫމް ދާމް" އަންނަ މަހުގެ 14 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރަން ނިންމައި، ފިލްމުގެ ޓީޒާ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

އަލަށް ކައިވެނި ކުރާ ޒުވާން ޖޯޑަކަށް ކުރިމަތިލާން ޖެހޭ ހާދިސާތަކަކުން އެ މީހުން ސަލާމަތްވާ ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ ހެއްވާ މަޖާ ހާދިސާތަކެއް ފެނިގެން ދާނެ މި ފިލްމަކީ ރިޝާބް ސޭތު ޑައިރެކްޓްކޮށްފައިވާ އެކްޝަން ކޮމެޑީއެކެވެ.

"ދޫމް ދާމް" ގެ ބަތަލަކީ ޕްރަތީކް ގާންދީ އެވެ.

މިހާތަނަށް ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ޔާމީންގެ މި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު ޕޮލިޓިކަލް އެކްޝަން ތުރިލާ "އާޓިކަލް 370" އަށް ފަހު ބެލުންތެރިންނާ ހަމައަށް އަންނަ ޔާމީގެ ފުރަތަމަ ފިލްމެވެ.