Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

އޭސީސީއަށް ދެ ބޭފުޅަކު އައްޔަންކުރަން ފާސްކޮށްފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ދެ ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައި އޭސީސީއަށް އައްޔަންކުރަން ފާސްކޮށްފައިވަނީ އަހުމަދު ނާޝިދު، މއ. ގޯލްޑަން މޫން އާއި އަބްދުﷲ ނާޝިދު، ފަސާނާ/ރ. އަލިފުށި އެވެ.

މި ދެ ބޭފުޅުން އޭސީސީއަށް އައްޔަން ކުރަން ފާސްވީ 68 މެމްބަރުންގެ ވޯޓާއެކު އެވެ.

އޭސީސީން ދެ މެމްބަރުންގެ މަގާމު ހުސްވީ މިދިޔަ ނޮވެމްބަރު މަހު ކޮމިޝަންގެ ނައިބު ރައީސް އަބްދުލްސަލާމާއި މެންބަރު ތޯހާ މުހައްމަދަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވި، އެ ބޭފުޅުން ވަކިކުރަން މަޖިލީހުގެ ކޮމިޓީން ފާސްކުރުމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.