Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ޓްރަމްޕްގެ ސަރުކާރާއެކު މަސައްކަތް ކުރަން ރާއްޖެ ތައްޔާރު

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

އެމެރިކާގެ ރައީސް ކަމުގެ މަގާމާއި މިއަދު ހަވާލުވެވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާއެކު މަސައްކަތް ކުރަން ރާއްޖެ އޮތީ ތައްޔާރަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަންނަވަނީ ދުނިޔޭގައި ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި ކަމަށާއި މި ހާލަތާ ކުރިމަތިލެއްވުމަށް ޓްރަމްޕްގެ ލީޑަޝިޕަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން ދެ ގައުމުން ވެސް ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި އަދި ދުނިޔޭގެ ސުލްހައަށް ޓަކައި މަސައްކަތް ކުރުމުގެ އިތުރަށް ދެ ގައުމުގެ ޒަމާންވީ ގުޅުން ވަރުގަދަ ކުރުން ރާއްޖެއިން އޮތީ އެމެރިކާގެ އާ ސަރުކާރާއެކު މަސައްކަތް ކުރަން ތައްޔާރަށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އުމުރުފުޅުން 78 އަހަރުގެ ޓްރަމްޕަކީ އެމެރިކާގެ ރައީސްކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވި 47 ވަނަ ފަރާތެވެ.

މިއީ ޓްރަމްޕްް އެމެރިކާގެ ރައީސްކަން ކުރައްވާ ދެވަނަ ފަހަރެވެ. އޭނަ އެމެރިކާގެ ރައީސްކަން ފުރަތަމަ ކުރެއްވ 2016-2020 އަށެވެ.