ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ދުވަސްވީ މީހަކު އެ ކޯޓަށް ހާޒިރު ކުރުމަށްޓަކައި އެ މީހާ ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.
ހޯދަނީ މާލެ، މ. ލަންސިމޫއޭގޭ، އިބްރާހީމް ރަޝީދު، 59، (އެވެ.
ފުލުހުން ބުނީ އޭނަ ހޯދަން އިއުލާންކުރީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ރަހުނު ނުހިމެނޭ ފައިސާގެ ޙުކުމް ތަންފީޒު މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މާދަމާ ހެނދުނު 10:00 އަށް ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.
އެހެންވެ ރަޝީދާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.