Last Updated: July 11, 22:16
Saturday, July 11, 2026
ޚަބަރު

ހުޅުމީދޫއަށް އުދަ އަރައިފި!

އައްޑޫ ސިޓީ ހަންކެޑެ ހިސާބަށް އުދައަރާފައިވާ މަންޒަރެއް

ހުޅުދޫ އަދި މީދޫ އަށް މިއަދު ހެނދުނު އުދަ އަރައިފިއެވެ.

އުދަ އަރާފައި ވަނީ ހުޅޫދޫ ބޮޑުމަގުގެ ދެކުނުން އަދި މީދޫގެ ފުއްޓަރު ފަރާތުގައި ތޮށިލާފައިވާ ސަރަހައްދަށެވެ. ނަމަވެސް މި ހާދިސާއާއި ގުޅިގެން އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މިހާރު ރާއްޖެއަށް ކުރަންމުންދާ ވިއްސާރައިގައި މާލެއަށްވެސް ވަނީ ވަރަށް ބޮޑަށް އުދަ އަރާފައި އެވެ. އެގޮތުން ރޭ 11:30 ހާއިރު ހުޅުލޭ ފެރީ ސަރަހައްދުން ބޮޑު ރާޅެއް މާލެއަށް އަރާފައިވާ އިރު މިއަދު މެންދުރުވެސް މާލެއަށް ވަނީ އުދަ އަރާފައެވެ.

ސ. ގަމުގައި ހުންނަ މެޓް އޮފީހުން މިއަދު ވަނީ ދެކުނުގެ އައޮޅު ތަކަށް ޔެލޯ އެލާރޓް ވެސް ނެރެފައި އެވެ.