Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

އަންހެނަކު ހޯދަން އާންމުންގެ އެހީ އަށް އެދިއްޖެ

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން އަންހެނަކު ހާޒިރުކޮށް ދޭން ފުލުހުންގެ އަމުރުކޮށްފައިވާތީ އެ މީހާ ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ހޯދަނީ މާލެ، ގ. ރަނައުރާގޭއާގޭ، ރިމާނާ މޫސާ، 40، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަ އިއުލާންކުރީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 1:00 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.

އެހެންވެ ރިމާނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.