Last Updated: May 10, 20:17
Saturday, May 10, 2025
ދުނިޔެ

ތުރުކީގެ ޓޫރިސްޓް ހޮޓަލެއްގައި ރޯވެ 66 މަރު

ތުރުކީގެ ޓޫރިސްޓް ހޮޓަލެއްގައި އަލިފާން ރޯވެ 66 މީހަކު މިއަދު މަރުވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ އެ ގައުމުގެ އުތުރުގެ ސިޓީއެއް ކަމަށްވާ ބޯލޫގެ ގްރޭންޑް ކަރްތާން ހޮޓެލްގަ އެވެ. ބާރަ ބުރީގެ ހޮޓަލުގައި ހިނގި އަލިފާނިގެ ހާދިސާގައި 10 މީހަކުވެ، 51 މީހަކު ޒަހަމްވެފައިވެ އެވެ. މަރުވި 10 މީހުންގެ ތެރެއިން ދެ މީހުންނަކީ އަލިފާން ރޯވުމާ ގުޅިގެން ސަލާމަތްވާ ކުޑަދޮރުތަކަކުން ފުންމައިލި ދެ މީހެކެވެ.

ހޮޓަލުގައި ރޯވި އިރު އެތަނުގައި 234 މީހަކު ތިބި ކަމަށާއި މިއީ ޗުއްޓީ ދުވަސްވަރުކަމުން އެތަނަށް ބާރު ބޮޑުވެފައި އޮތް ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.

ހޮޓަލުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ބޯލީގެ ގަވަރުނަރު އަބްދުލްއަޒީޒު އައިދީން ވިދާޅުވި މިހާތަނަށް ލިބުނު މައުލޫމާތަކަށް ބަލާ އިރު، އަލިފާން ފުރަތަމަ ރޯވީ ހޮޓަލުގެ ހަތަރު ވަނު ބުރީގައި ހުރި ރެސްޓޯރަންޓެއްގަ އެެވެ. އޭގެ ފަހުން އަލިފާން ހޮޓަލުގެ އެކި ބައިތަކަ ފެތުރިގެން ދިޔައީ އެވެ.

ހޮޓަލުގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލްކޮށްފައިވާ އުތި، ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. އަދި މި ހާދިސާ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.