Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ރައީސްގެ ތައުޒިޔާ ތުރުކީ އަށް

ތުރުކީވިލާތުގެ ބޯލޫގެ ކާރްތާލްކަޔާ ސްކީ ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ތުރުކީގެ ރައީސް އުރްދުޣާނަށް ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، އެތައް ބަޔަކަށް ހާނިއްކަވެ، ގިނަ ބައެއްގެ ފުރާނަ ގެއްލުނު މި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމުގައި ވިދާޅުވެ، މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި ތުރުކީވިލާތުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެ އެވެ.

މި ހާދިސާގެ ސަބަބުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުން ކާމިޔާބު ލިބުމަށް އެދިވަޑައިގެން، އެކަމުން އަރައިގަތުމުގެ ހިއްވަރާއި ސާބިތުކަމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

މި ހާދިސާގައި މަރުވި މީހުންގެ އަދަދު ވަނީ 66 އަށް އަރާފަ އެވެ.