Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫއަށް ބޮޑެތި ގެއްލުންތަކެއް

މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން އައްޑޫގެ ރަށްތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ރޭ ދަންވަރުން ފެށިގެން ބާރު ވަޔާއި އެކު ވާރޭ ވެހުމުގެ ސަބަބުން ހިތަދޫގެ 11 ގެއެއްގެ ފުރާޅު އެެއްލާލާފައިވާ އިރު މީދޫ، ސަންރޭގެ ފުރާޅުވެސް ވަނީ ވަޔާއި އެކު މުޅިން އެއްކޮށް އެއްލާލާފައެވެ.
16983_514397892052290_8898894572501967786_n

މެޓް އޮފީހުން ކުރިން ބުނެފައިވަނީ ކޮޅިގަނޑުގައި 40 މޭލާއި 65 މޭލުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އެގޮތުން ބާރު ވަޔާއި އެކު އައްޑޫގެ ގިނަ ރަށްތަކުން ރުއް ގަސް ވެއްޓި ބައެއް ގޭގޭގެ ފާރުތައް ވަނީ ވެއްޓިފައެވެ.
11866371_514397882052291_1824736919503065559_n

މި ވިއްސާރައިގައި ހުޅުދޫ މަގުމަތީގައި ޖަހާފައިވާ މަގު ބައްތިތައް ވެއްޓި، ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑައިގެން ގޮސްފައިވެއެވެ.
11217571_514397648718981_5162378697638705095_n

އަދި ހިތަދޫ ރޯޔަލް ޕާމް ރެސްޓޯރެންޓަށްވެސް ވަނީ ބޮޑެތި ގެއްލުން ލިބިފައެވެ.

ވާރޭ ވެހި ފެންގަދޫ ބޮޑުވެ، ގޭގެއަށް ފެންވަންނާތީ ހިތަދޫ ފަޔާ އެންޑް ރެސްކިއު ސާވިސް އާއި އެމްއެންޑީއެފް ސަދަން އޭރިއާ އަދި ފުލުހުން ވެލި ބަސްތާ ޖެހުމާއި، ފެން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.