Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ފުވައްމުލަކާއި އައްޑު އަށް ވައިޓް އެލާޓް

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީ އަށް މިއަދު ވައިޓް އެލާޓް ނެރެފި އެވެ.

ފުވައްމުލަކާއި އައްޑު އަށް އެ އެލާޓް ނެރުނީ މެންދުރު 12:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ. އެގޮތުން އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

އެހެންވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ކަމާބެހޭ އިދާރާތަކުން އިލްތިމާސް ވެސް ކޮށްފައިވެ އެވެ.