Last Updated: February 18, 20:43
Tuesday, February 18, 2025
ޚަބަރު

ގޯލްޑެން ފުޓްސަލްގެ ތެރެއިން އުރީދޫގެ އިނާމުތަކެއް

މިހާރު ކުރިއަށްދާ "ގޯލްޑަން ފުޓްސަލް ޗެލެންޖް" ގެ މެޗުތައް ކުރިއަށްދާ ގެންދާ ހުޅުމާލެ ރެހެންދި ޓާފުގައި ހުންނަ އުރީދޫ ޓެންޓުން އެ ކުންފުނީގެ ބޭނުންކޮށްގެން ކޮންމެ ހަފުތާއަކު އަގުހުރި އިނާމެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ޕްރޮމޯޝަންގެ ދަށުން އުރީދޫ ގެ ޕްރީޕެއިޑާއި ޕޯސްޓްޕެއިޑާއި ސުޕަނެޓް ހިދުމަތް އަދި 5ޖީ ޑިވައިސްއެއް ނަގައިގެން ލަކީ ޑްރޯއެއްގައި ބައިވެރިވެވޭނެ އެވެ.

އުރީދޫން ބުނީ މެޗުތައް ކުރިއަށް ދާ ކޮންމެ ދުވަހަކު ރެހެންދި ޓާފުގައި ބެހެއްޓިފައިވާ އުރީދޫ ޓެންޓުގައި އުރީދޫ ޓީމުން ކަސްޓްމަރުންނަށް އެހީތެރިވުމަށް ހަރަކާތްތެރިވަމުން ދާނެ ކަމަށެވެ.

ޕްރޮމޯޝަންގައި ލިބޭ އިނާމުތަކުގެ ތެރޭގައި ޓީވީ، ފްރިޖް، ސޯފާ، މައިކްރޯވޭވް ހިމެނެ އެވެ. އަދި އެ ޕްރޮމޯޝަނުގެ ހާއްސަ އިނާމެއްގެ ގޮތުގައި ފިޓްސް އެއާގެ ފަރާތުން ދެ މީހަކަށް ކޮލޮމްބޯ ދެކޮޅު ޓިކެޓު ލިބެ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ "ގޯލްޑަން ފުޓްސަލް ޗެލެންޖް" ނިމުމާ ހަމައަށް އަންނަ މަހުގެ 25 ގެ އަށެވެ.