މި މަހުގެ 30 ގައި މީޑިއާނެޓްގެ އެމްއެސް ވީޑިއޯކްލަބުން ޕްރީމިއާ ކުރަން ހަމަޖެހިފައިވާ އާ ސީރީޒް "ހިންތާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
އަންހެން ކެރެކްޓާއެއްގެ ވަށައިގެން އެނބުރޭ ވާހަކައެއް ކިޔައިދޭ މި ސީރީޒްގެ ޑައިރެކްޓަރަކީ މީގެ ރޯލެއް ވެސް ކުޅެފައިވާ ރަވީ ފާރޫގެވެ. އެއްޗެކެވެ. "ހިންތާ" އަކީ އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ އެއްޗެކެވެ. އޭނަ އަކީ މީޑިއާނެޓުން ގެނެސްދިން މަގުބޫލު ސީރީޒް "ގަރީނާ" ވެސް ސްކްރީން ރައިޓަރެވެ.
"ހިންތާ" އަކީ މީޑިއާނެޓާއި ޒަރީރުގެ އެއްކާފު ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ސީރީޒެކެވެ.
މީގެ ކާސްޓްގައި ދަރާ މުހައްމަދު ރަޝީދު، ތާތި، އާދަމް، ރޯނު ހަސަން މަނިކު، މުހައްމަދު އަފްރާހް، އަހުމަދު ޝާކިރު (ޝާއްކޮ (އައްމަޑޭ، އިޒްފާނާޒް ފިރާގު އަދި ހުސައިން ސާމީ ހިމެނެ އެވެ.