Last Updated: July 15, 18:06
Thursday, July 16, 2026
ޚަބަރު

އޮފީސް ޓެލެޑްރާމާ މުބާރާތަށް މުއްދަތު އިތުރުކޮށްފި

ކުރިއަށް ރޯދަ މަހު ބާއްވަން ހަމަޖެހިފައިވާ އޮފީސް ޓެލެޑްރާމާ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެ މުބާރާތް އިންތިޒާމުކުރާ ނޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން ބުނީ މުބާރާތުގައި ބައިވެރުވުމުގެ ފުރުސަތު މިހާރު މި މަހުގެ 26 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އެންސީއޭ އާއި އެތަނުގެ ވެބްސައިޓުން ޑައުންލޯޑް ވެސް ކުރެވޭނެ އެވެ.

އޮފީސް ޓެލެޑްރާމާ މުބާރާތުގައި ބައިވެރިވެވޭނީ ސަރުކާރު އޮފީސްތަކާއި މިނިވަން މުވައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އިތުރުން ސިޓީ ކައުންސިލްތަކަށެވެ.

އޮފީސް ޓެލެޑްރާމާ މުބާރާތަކީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަގުސަދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ.

މި ފަހަރުގެ އޮފީސް ޓެލެޑްރާމާ މުބާރާތުގައި 14 ކެޓަގަރީއަކުން އެވޯޑް ދޭނެ އެވެ.

މުބާރާތަށް ހުށަހަޅާފައިވާ ފައިސާގެ އިނާމު:

* އެންމެ މޮޅު ޑްރާމާ: 50،000ރ.
* އެންމެ މޮޅު ބަތަލާ: 15،000ރ.
* އެންމެ މޮޅު ބަތަލު: 15،000ރ.
* އެންމެ މޮޅު ސަޕޯޓިން ބަތަލާ: 10،000ރ.
* އެންމެ މޮޅު ސަޕޯޓިން ބަތަލު: 10،000ރ. ރުފިޔާ
* އެންމެ މޮޅު އާ ބަތަލާ: 5000ރ.
* އެންމެ މޮޅު އާ ބަތަލު: 5000ރ.

މިދިޔަ އަހަރުގެ އޮފީސް ޓެލެޑްރާމާ މުބާރާތުގެ އެންމެ މޮޅު ޑްރާމާއަކަށް ހޮވުނީ ގައުމީ ޔުނިވަސިޓީގެ "މަނާލް" އެވެ.