Last Updated: May 10, 09:35
Saturday, May 10, 2025
ޚަބަރު

އަލިފާނުގެ ހާދިސާއާ ގުޅިގެން 22 މީހަކަށް އެހީ

މިއަދު ފަތިހު މާލޭގައި ހިނގި އަލިފަނުގެ ޙާދިސާއާ ގުޅިގެން 22 މީހަކަށް އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ކަމަށް ނެޝަނަލް ޑިޒާސްޓަ މެނެޖްމަންޓް އޮތޯރިޓީ (އެމްޑީއެމްއޭ) އިން ބުނެފި އެވެ.

އަލިފާން ރޯވީ 'ފުރުޓް ޓްރީ އެޕަލް" ފިހާރައިން ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުނ އައި ތަނުގަ އެވެ. އެ ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައިވަނީ ރޭ ފަތިރު 04:20 ހާއިރު އެވެ. އަލިފާންގަނޑު ފަތިހު 05:27 ހާއިރު ކޮންޓްރޯލްކޮށް، އިމާރާތުން އެއްކޮށް އަލިފާން ނިއްވައިލެވުނީ ހެނދުނު 6:00 ގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެންޑީއެމްއޭއިން ބުނީ އަލިފާނުގެ ހާދިސާގައި ދުމުގެ ސަބަބުންނާއި އިމާރާތައް ލިބުނު ގެއްލުންތަކުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 10 ގޭބީސީއެއްގެ 33 ފަރާތެއް ފާހަގަ ކުރެވުނުކަމަށެވެ. އެއީ 14 ދިވެހިންނާއި 19 ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް ގޭބިސީއެއްގެ 14 ދިވެހިންނާއި 8 ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސަމުން އަންނަ ބުންޏެވެ.

އެ އިދާރާ އިން ބުނީ އެއް ގޭބިސީއެއްގެ ޢާއިލާ، އަމިއްލަ ވަޤުތީ ބޯހިޔާވަހިކަމަކަށް ބަދަލުވެފައިވާ ކަމަށެވެ. އަދި 11 ބިދޭސީއަކަށް އެ މީހުން ނިސްބަތްވާ ކުންފުނިތަކުން ވަނީ އެހީތެރިކަން ފޯރުކޮށް ދީފައިވެ އެވެ.