ރ. އަތޮޅު އިންނަމާދު އާއއާ މާކުރަތުގެ ޕޮލިސް ޕޯސްޓް އިމާރާތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އެކަމުގެ އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން އިއްޔެ ސޮއިކުރީ ޕޮލިސް ކޮމިޝަނަރުއަލީ ޝުޖާއު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުރިން ފުލުހުންގެ އިސް މަގާމުތަކެއް ފުރުއްވި، މިހާރު އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ރ. އަތޮޅަށްް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެއްބަސްވުންތަކުގައި ސޮއިކުރި އިރު، އިއްޔެ ވަނީ އިންނަމާދޫ ޕޮލިސް ޕޯސްޓްގެ ބިންގާ ވެސް އަޅައިފަ އެވެ.
އެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނާއި ސީޕީ އެވެ.
ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ތިބެގެން ދޭ ގޮތަށް ހަމަޖައްސައި އެކަމަށް ކިރެވެމުން އަންނަ މަސައްކަތުގެ ދަށުން މިހާރު ފުލުހުންގެ މަރުކަޒެއް ނެތް 46 ރަށެއްގައި 2027 ގެ ކުރިން ޕޮލިސް މަރުކަޒުތައް އަޅައި ނިންމައި ހަމަޖެހިފައިވ އެވެ.