ފުލުހުން ބަލަމުން އަންނަ މައްސަލައެއްގެ ތަހުގީގަށް އައްޑޫ ހުޅުދޫ މީހަކި ހޯދަން އިއުލާންކޮށްފި އެވެ.
ހޯދަނީ އެ އަވަށު ރެޑިއަމްގޭ އަހުމަދު ސަޢީދު، 48، އެވެ.
ފުލުހުން ބުނީ އޭނަ ހޯދަނީ މ. މުލީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގެ ތަހުގީގަށްހާޒިރު ކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.
އެހެންވެ އަންނަ މަހުގެ 6 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށް މުލީ ޕޮލިސް ސްޓޭޝަނަށް ސައީދު ހާޒިރުވާން އަންގާފައިވެ އެވެ.