ނ. ހޮޅުދޫގައި މިދިޔަ އަހަރު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގަށް އެމެރިކާގެ ތަހުގީގީ އިދާރާ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ އެހީ ހޯދަމުުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެ ތަހުގީގުގެ ތެރެއިން ފުލުހުން ހޯދާފައިވާ ހޯދުންތައް އެފްބީއައިއާ ހިއްސާކޮށް އެހީތެރިކަން ހޯދަމުން އަންނަ ކަމަށެވެ.
ޒަކިއްޔާ، 50، މަރުވެފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ގަ އެެވެ. އޭނަ މަރުވެފައި އޮއްވާ ފެނުނު އިރު ކަރުގައި ޒަހަމްތަކެއް ހުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ޒަކިއްޔާ އަށް އަމިއްލަ އަށް މަރުވީ ނޫން ކަމަށް ބުނެ އެ މައްސަލައިގެ ތަހުގީގު އަވަސްކޮށް ދޭން ގޮވާލައި މި ފަހުން ހޮޅުދޫގައި މުޒާހަރާތަކެއް ވެސް ބާއްވާފައިވެ އެވެ.