Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ކުރިން ފާސްކުރި ތަންތަން އަލުން ފާސްކުރަނީ

މިދިޔަ އަހަރުގެ ތެރޭގައި އިމިގްރޭޝަނުން ބަލައި ފާސްކުރި ތަންތަނުގައި ބިދޭސީން މިހާރު އުޅެމުން އަންނަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

އެ އިދާރާ އިން ބުނީ ޓާސްކުފޯހުން މިދިއަ އަހަރު ބަލައި ފާސްކުރި ތަންތަނުގައި މިހާރު ބިދޭސީން އުޅެމުން އަންނަނީ ސައްޙަ ވިސާއަކާއެކު ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް ޚާއްޞަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.

އެގޮތުން ބުދަ ދުވަހު ބަލައި ފާސްކުރި ދެ ތަނެއްގައި ވެސް މިހާރު ގަވާއިދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީއެއް ނެތްކަން ފާހަގަކުރެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން އަންނަނީ މިދިޔަ އަހަރުން މާލެ ސަރަހައްދުގައި ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ.

އެގޮތުން ސައްހަ ވިސާ ނެތް މީހުންނާއި ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާ މީހުންނާއި ހަށި ވިއްކުމާއި އަދި އެ ނޫން ވެސް މައްސަލަތަކުގައި ގިނަ އަދަދެއްގެ ބިދޭސީން މިިހާތަނަށް އަތުލައިގެންފައިވެ އެވެެ. އަދި މިހާތަނަށް 5،000 އަށް ވުރެ ގިނަ މީހުން ޑީޕޯޓްކޮށްފައިވެ އެވެ.