Last Updated: June 12, 17:14
Friday, June 12, 2026
ޚަބަރު

ލާމަރުކަޒީ ނިޒާމުގައި ބަގުޑި ބައްދާ މަރާލައިގެން ނުވާނެ: އެލްޖީއޭ

އެލްޖީއޭގެ ނައިބް ރައީސް ޝުޖާއު ހުސައިން.

ޅަފަތުގައި އޮތް ރާއްޖޭގެ ލާމަރުކަޒީ ނިޒާމު މަރާނުލައި އެ ނިޒާމު ހިންގުމުގައި ހުރިހާ ފަރާތްތަކުން އެއްބާރުލުން ދިނުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ގޮވާލައިފި އެވެ.

އެލްޖީއޭގެ ނާއިބު ރައީސް ސުޖާއު ހުސެއިން ވިދާޅުވީ، ޅަފަތުގައި އޮތް ނިޒާމުގައި އެންމެން ބަގުޑި ބެއްދުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް އެ ނިޒާމު ކުރިއެރުވުމަށް ކުރެވެން ހުރި މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް ކައުންސިލުތަކާއި ސަރުކާރުގެ ވުޒާރާތަކުން ވެސް އެއް ބަޔަކު އަނެއް ބަޔަކަށް ދަތި ކުރަން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ސުޖާއު ވިދާޅުވީ، ކައުންސިލުތަކުގެ އިހްތިސާސުތައް ދިނުމަށް ސަރުކާރުން ވެސް ފަސްޖެހިގެން ނުވާނެ ކަމަށެވެ. އަދި ކައުންސިލުތަކުން ވެސް ޤާނޫނީ ވާޖިބުތައް އަދާ ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ސިޓީ ކައުންސިލުތަކުގެ އިހްތިސާސު ހިނގާ ސަރަހައްދުތައް ކަނޑައެޅުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، އެހެން ނަމަވެސް އެ މަސައްކަތް އަދިވެސް ފުރިހަމަ ކުރެވިފައި ނުވާ ކަމަށް އެލްޖީއޭ އިން ބުންޏެވެ.