Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ޝަހީދުންގެ ދުވަހަށް ހާއްސަ ހަރަކާތެއް ބާއްވަނީ

މި އަހަރުގެ ޝަހީދުންގެ ދުވަސް ފާހަގަކުރަން ހާއްސަ ހަރަކާތެއް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެކަން ހިއްސާކުރެއްވި ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް މިނިސްޓަރު ނުދެއްވަ އެވެ.

ޝަހީދުންފެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ޝަޢުބާން މަހުގެ 1 ވަނަ ދުވަހެވެ. މި އަހަރު އެ ދުވަސް ދިމާވީ މި މަހުގެ 31 އާ އެވެ.

ޝަހީދުން ދުވަސްވަކީ ގައުމާއި މިނިވަންޓަކަމައި ހަނގުރާމަކޮށް ޝަހީދުވެ ދިޔަ އަބުތާލުންގެ ހަނދާނުގަ އެވެ.