Last Updated: May 10, 17:23
Saturday, May 10, 2025
ދުނިޔެ

ހަދިޔާއަކަށް ސިންގާއެއް ގަބޫލު ކުރުމުން އަދަބެއް!

ޕާކިސްތާންގެ މަޝްހޫރު ޔޫޓއުބާއެއްގެ ކައިވެނީގެ ހަދިޔާއަކަށް ޅަ ސިންގާއެއް ދިނުމުން، އެ ގަބޫލުކޮށް، އޭގެ ވީޑިއޯ ވެސް އާންމުކުރުމާ ގުޅިގެން އަަދަބެއްގެ ގޮތުން އަހަރެއް ވަންދެން ޖަނަވާރުންނާ މެދު ހޭލުންތެރިކަން އުފައްދަން ވީޑިއޯ ތައްޔާރުކޮށް އެ އާނުމި ކުރަން އެ ގައުމުގެ ލާހޯރްގެ ކޯޓަކުން އަމުރުކޮށްފި އެވެ.

މީޑިއާތަކުން ބުނީ ކޮމިއުނިޓީ އަދަބެއްގެ ގޮތުން ކޯޓުން އެގޮތަށް އަމުރުކުރީ ޔޫޓިއުބްގައި 5.6 ސަބްސްކްރައިބަރުން ތިބި ޔޫޓިއުބާ ރަޖަބް ބަޓްގެ މައްޗަށް ކަމަށެވެ. އޭނަގެ މައްޗަށް ކުރި އަމުރުގައި ބުނެފައި ވަނީ ސިންގާ ފަދަ ޖަނަވާރަކީ އޮޅުކޮށްގެން ގެންގުޅެވޭ ކަހަލަ ޖަނަވާރެއް ނޫން ކަމަށެވެ. އެހެންވެ ކައިވެނީގެ ހަދިޔާއަކަށް ޅަ ސިންގާއެއް ގަބޫލުކޮށްފައިވާތީ އަދަބެއްގެ ގޮތުން ޖަނަވާރުންނާ ގުޅޭ 12 ވީޑިއޯ ތައްޔާރު ކުރަން ޖެހޭނެ ކަމަށެވެ.

އެއީ އަހަރުގެ ކޮންމެ މަހަކަށް ވީޑިއޯއެއްގެ މަގުންވެ. އަދި ވީޑިއޯތާން ވާން ޖެހޭނީ ފަސް މިނިޓްގެ ވީޑިއޯތަކަށް ކަމަށް ވެސް ބުންޏެވެ. އެ ވީޑިއޯަތއް ރަޖަބް ތައްޔާރުކުރަން، އެހީވާން ޕާކިސްތާންގެ ޕަންޖާބްގެ ވައިޑްލައިފް ޑިޕާޓްމަންޓަށް ވެސް އަންގާފައިވެ އެވެ.

މިދިޔަ މަހުގެ 13 ގައި ބޭއްވި ރަޖަބްގެ ކައިވެނީގެ ހަފުލާގައި އޭނަ އަށް ހަދިޔާއަކަށް ސިންގާއެއް ދިނީ "ލަޔަން ހަބް" ގެ ނަމުގައި ޔޫޓިއުވް ޗެނަލެއް ހިމްގަމިން އަންނަ އަންނަ އުމަރު ދޮލާ އެވެ.

މީގެ ވާހަކަ "ރަޖަބްސް ފެމިލީ" ޗެނެލްގައި ޕޯސްޓްކުރުމުން ކަމާބެހޭ ފަތާތްތަކުގެ ސަމާލު ކަމަށް އައިސް އެ ސިންގާ ވަނީ ލާހޯރޫގެ ސަފާރީ ޒޫ އަށް ގެންގޮސްގަ އެވެ.

މިކަމާ ގުޅިގެން ރަޖަބް، 28، ބުނީ ހަދިޔާއަކަށް ސިންގާއެއް ގަބޫލު ކުރެވުނީތީ މައާފަށް އެދޭ ކަމަށާއި އާންމުންގެ ތެރޭގައި ނުފޫޒު ގަދަ މީހަކަށްވެފައި އޭނަ އަށް ދެއްކުނީ ވަރަށް ގޯސް ނަމޫނާއެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.